އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 25 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް / އިރުތިޝާމް އާދަމް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 27 ވަނަ ދުވަހު ނިއުދިއްލީގައި ބާއްވާ މި ބައްދަލުވުމަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިސް ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުން ކުރިއަށްދާނީ އަޔޯރާގެ މިހާރުގެ ޗެއަރ، އިންޑިއާގެ ބެލުމުގެ ދަށުން "އިނޮވޭޝަން، އޯޕަންނެސް، ރެޒިލިއަންސް އެންޑް އެޑަޕްޓެބިލިޓީ އިން ދަ އިންޑިއަން އޯޝަން ރީޖަން" މި ޝިޢާރުގެ ދަށުންނެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދެއްވާ ތަޤްރީރުގައި، ސަރަޙައްދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ މައްޗަށްކަން ހާމަކުރައްވައި، ރާއްޖޭގެ މައިގަނޑު ދެ ސިނާޢަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ކުރިއެރުމަށްޓަކައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ދަތުރުފުޅުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ބާއްވާ ސީނިއަރ އޮފިޝަލުންގެ 29 ވަނަ ބައްދަލުވުމުގައިވެސް ރާއްޖޭގެ ވަފުދުން ބައިވެރިވާނެއެވެ.

އިންޑިއާ ކަނޑުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1997 ގައި އުފެއްދި އަޔޯރާގެ މެންބަރަކަށް ރާއްޖެ ވެފައިވަނީ ނޮވެމްބަރު 2019 ގައެވެ.