ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މަސްދަޅަށް އޮންނަ ޑިމާންޑު ކިތަންމެ ބޮޑުވި ނަމަވެސް، އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ، ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް މަސްދަޅު ގަންނަ މިންވަރު އާދަޔާ ޚިލާފަށް އިތުރުވާތީ، މިއަހަރު ވެސް ބާޒާރުން މަސްދަޅު ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ވެސް އެ ކުންފުނީގެ ފިހާރަތަކުން އާންމުންނަށް މެދުކެނޑުމެއްނެތި މަސްދަޅު ލިބެމުންދާ ކަމަށާއި، އަމިއްލަ ވިޔަފާރިވެރިންނަށް ވެސް ދަތިނުވާނެ ހެން ގަނޑުކޮށް މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އިންތިޒާމުތަކުގެ އެންމެ ބޮޑު ބޭނުމަކީ، މިފްކޯގެ އައުޓްލެޓްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާންމު ފިހާރަތަކުން ވެސް ރޯދަމަހުގެ ތެރޭގައި އެއްވެސް ތާށިކަމެއް ނެތި ހެޔޮ އަގުގައި މަސްދަޅު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.