ވައިގެ މަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ބަލާފާސްކުރުމުގެ ތެރޭގައިކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ކަސްޓަމްސްއިން ވިދާޅުވީ ޝިޕްމަންޓުން ފެނިފައިވަނީ 3510 ގްރާމްގެ ކެނަބިސް ކަމަށެވެ.

ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.

🔹ބާވަތް: ކެނެބިސް
🔹 ބަރުދަން: 3510 ގްރާމް h