އަންނަ ރަމަޟާން މަހަށް ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ބަޖެޓްގައި 86 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
މިއީ ކުރީ އަހަރަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ބަޖެޓްކުރީ 81 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ބަޖެޓްގައި 86.8 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ކޮންމެ ރަމަޟާން މަހަކު ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.
މިދިޔަ އަހަރުވެސް ވަނީ 111,000 އަށް ވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފަ އެެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.