ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހުގެ 10ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން ފެށުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ހުސައިން ޝާމް އާދަމެވެ.
މި އަހަރުގެ އެސްޓީއޯ ރަމަޒާން ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ 2 ހަފުތާއަކުން، 500ރ އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 2 ފަރާތަކަށް 2500ރ ގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. މީގެއިތުރުން، 5000ރ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ ގެ ފައިސާގެ އިނާމެއްވަނީ ކަނޑައެޅިފައެވެ. ޕްރޮމޯޝާން ނިމުމާއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި 1 ފަރާތަކަށް މި 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
އެސްޓީއޯގެ ސޭލްސް މެނޭޖާ އައިޝަތު ނަޒާހަތު ވިދާޅުވީ މި ޕްރޮމޯޝަންގެ މަގްސަދަކީ ރައްޔިތުންނަށް ވިހާވެސް ހެޔޮ އަގެއްގައި މުދާ ފޯރުކޮށްދިނުން ކަމަށެވެ.
އެސްޓިއޯ ރަމަޒާން ބާޒާރާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް އާއްމުންނަށް ހުޅުވާލާފައެވެ. އަދި މީގެ އިތުރުން ޕީކްއަބޫ، ލުއިބުއިން އަދި ޕްރޮކިއޯ ޕްލަސްގެ އައުޓްލެޓްތައް ވެސް އެސްޓީއޯގައިވަނީ ހުޅުވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.