ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯއިން ރަމަޟާން މަހަށް ޚާއްސަކޮށް ލުނބޯ އަގުހެޔޮކޮށް ވިއްކަން ފަށައިފި

246037a6 2108 4c05 A851 Be9568917c79
STO_Ads
TTH_Ads
Advertisement

އެސްޓީއޯއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ލުނބޯ އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 75 ރުފިޔާއާއި 85 ރުފިޔާއާ ދެމެދުގައި ހުރިއިރު، އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަމުންދަނީ 40 ރުފިޔާއަށެވެ.

ރަމަޟާން މަހު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް މަތިނުވެ، އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. އަދި މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް، ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އިތުރަށް މަޢުލޫމާތު ދެމުން ބުނީ، މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ ކަމަށެވެ. މިގޮތުން، ލުނބޯގެ އިތުރުން ރޯދައަށް ޚާއްސަކޮށްގެން ފިޔާ އަދި ކާށިވެސް ހެޔޮ އަގެއްގައި ވިއްކަމުންދާކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

HajjCop_ads
MMA_Ads
Advertisement

އެސްޓީއޯއިން ލުނބޯ ވިއްކާ އަގުތައް:
– ލުނބޯ ކިލޯއެއް: 40 ރުފިޔާ
– ލުނބޯ ފޮށިގަނޑެއް (5 ކިލޯ): 145 ރުފިޔާ

މީގެއިތުރުން، އެސްޓީއޯއިން ކާށްޓެއް 5 ރުފިޔާއަށް ވިއްކަމުންދާއިރު، ބާޒާރުގައި މިވަގުތު ކާށީގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރިކަމަށް ފާހަގަކުރެވެއެވެ. އަދި ފިޔާ ކިލޯއެއް އެސްޓީއޯއިން ވިއްކަމުންދަނީ 15 ރުފިޔާއަށެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން، އެސްޓީއޯއިން ވަނީ ހަތަރު ބާވަތަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތި، ތާޒާ ތަރުކާރީއާއި މޭވާ، ތައްޔާރީ ކާނާ، އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިލިޔާސް
ވަރަށް ރަގަލު ކަމެއް ރަމަޝާމް މަހަށް އަގުހިފަހައްޓަން އެހެންނޫނީ މީހުންނަކަށް ކެތެއް ނުކުރެވޭނެ ބަޒާރުގެ އަގުތަކަކަށް.
ފ ފާއިޒް
އެސްޓީއޯ އިން ތިކަހަލަ ކުޑަ ވިޔަފާރިތަކަށް ވަނުމަކީ ރަގަލުކަމެއްތޯ؟

ގުޅުންހުރި

ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު

Sstv FORM FOR EC

އެސްޓީއޯއިން ފިޔާގެ އަގު ހިފަހައްޓައި، އަންނަ ހަފުތާގައި ހޯލްސޭލްކުރަން ފަށަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި

އެސްޓީއޯ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި