މުޅިރާއްޖެއުދާސް

އުދާސް

18 ލިޔުން

ޤައުމުގެ ކަންކަމާމެދު ތިޔަބޭފުޅުންގެ އުދާސްތައް. ތިޔަބޭފުޅުންގެ އުދާސްވެސް ފޮނުއްވާ!

އުދާސް ފޮނުވާ
  • "ރަސްމާލެ" މަޝްރޫގެ އުދާސް

    ދިވެހިރާއްޖެއަކީ ފުދުންތެރި، ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ދުރުރާސްތާގެ ތަޞައްވުރުގެ އެންމެ މުހިންމު އެއް ބަޔަކީ، ޤައުމަށް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. މިގޮތުން، މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް…

    އަލީ އަޒްހަރު ތ. ބުރުނީ
  • 40 އިންސައްތަ ޑޮލަރު އެމްއެމްއޭއަށް މާރުކުރަން ޖެހުމުގެ އުދާސް

    ދިވެހިރާއްޖޭގެ އިޤްތިޞާދަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދަކަށް ވާއިރު، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ބޮޑުބައެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ނަމަވެސް، މި ފައިސާ ބޭންކިންގ ނިޒާމުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ދައުރުނުވުމުގެ ސަބަބުން، ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. މި…

    އިބުރާހިމް ނާސިރު / ބ. ތުޅާދޫ
  • ރިއާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމުގެ އުދާސް

    ރިއާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުން: އިޤްތިޞާދީ އަދި ސިޔާސީ ނަޒަރަކުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ އިންތިޚާބުތަކަކީ ރައްޔިތުންގެ ބަސް އިއްވުމަށް ލިބޭ އެންމެ މުހިންމު ފުރުޞަތެވެ. ނަމަވެސް، މިހާރު ކަން ހިނގަމުންދާ ގޮތުން…

    އަލީ ރަޝީދު ފުނަދޫ
  • މާލޭގެ މަގުމަތީގައި އަމިއްލައަށް ރޯނުދަމާ ޕާކުނުކުރެވޭގޮތަށް އަމިއްލަ ޖާގަ ހަދާތީ މަގެ އުދާސް

    މާލޭގެ މަގުތަކަކީ މިއަދު ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް އޮތް ބޮޑު ތަކުލީފެކެވެ. މާލޭގެ ތޮއްޖެހުން އިންތިހާއަށް ގޮސްފައިވާއިރު، އެންމެ ބޮޑު އެއް އުދަގުލަކީ ޕާކުކުރާނެ ޖާގައެއް ނުލިބުމެވެ. ނަމަވެސް، މި ދަތިކަމުގެ ތެރެއިން ފެންނަ އެންމެ ހިތާމަވެރި އަދި ކަންބޮޑުވާ މަންޒަރަކީ،…

    ދޮންފާތުމާ ކ. މާލެ
  • އޮބިނޯންނަވަރަށް ނޫސްވެރިންނަށް މިނިވަންކަން ލިބުމުން ހިތަށްކުރާ ތަސައްލީގެ އުދާސް

    ތިޔަނޫހުގައި މިއުދާސްވެސް ޝާއިރު ކުރާނެކަމެއްނޭގެއެވެ. އެކަމަކު ހަގީގަށް ވާނީ ހަގީގަތަށެއެވެ، އަޅުގަނޑުގެ ހިތަށް ލިބުނު ބޮޑު ތަސައްލީއެކެވެ، މިނިވަން ނޫސްވެރިކަމުގެ ޝުޢޫރު ފެތުރިގެން ދިޔަ ދުވަސްވަރު. ހައްގު ބަސް ބުނެވޭނެކަމުގެ އުއްމީދުތަކުން ހިތް ފުރިފައިވާނެއެވެ. ނަމަވެސް، މިއަދު މިފެންނަނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ މިނިވަންކަމުގެ…

    އާމިނަތު ތަސްލީމާ ފ. ނިލަންދޫ
  • އިސްކޫލަށް ގެންދާ ތުއްތު ކުދިންގެ ދަބަސް ބަރު ކަމުގެ އުދާސް

    މިހާރުގެ ތައުލީމީ ނިޒާމުގައި، ތުއްތު ކުދިން އިސްކޫލަށް ގެންދާ ދަބަސްތައް ބަރުކަމުގެ މައްސަލައަކީ ގިނަ ބެލެނިވެރިންނާއި މުދައްރިސުންގެ ހިތްތަކުގައި ބޮޑު ކަންބޮޑުވުމެއް އުފައްދާފައިވާ ކަމެކެވެ. ކުޑަކުދިންނަށް އުފުލަން ދަތިވާވަރަށް ދަބަސް ބަރުވުމަކީ، އެކުދިންގެ ކިޔެވުމަށްވުރެ ބޮޑަށް އެކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރާ ކަމެކެވެ.…

    މޫސާ އިބުރާހިމް ހއ ދިއްދޫ
  • ޙައްޖުވެރިންނަށް އެންމެ ފަސޭހަ އަދި އިންތިޒާމުތަކަށް ހިތުގެ އުދާސް

    އަޅުގަނޑުގެ ހިތުގައި އުފާވެރިކަމާއި ޝުކުރުވެރިކަން ފުރިގެންދަނީ މި އަހަރުގެ ޙައްޖު މޫސުމަށް ލިބިފައިވާ އުފާވެރި ޚަބަރުތަކާ އެކުގައެވެ. އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ޙައްޖުވެރިންނަށް މިފަހަރު ލިބިގެންދާނެ ލުއިފަސޭހަތަކާއި ރަނގަޅު އިންތިޒާމުތަކުގެ ވާހަކަ އަޑުއިވުމުން، ހިތުގައި ފިނިކަމާއި ހިތްހަމަޖެހުން ލިބެއެވެ. ސަޢޫދީ ސަރުކާރުން ތަޢާރަފުކޮށްފައިވާ "މައްކާ…

    އަލީ އީސާ ދ. ބަޑިދޫ
  • ކުރިން ލިބުނު ފުލެޓް ލިޔުން ދީފައިވަނިކޮށް އެކަން ވާގޮތެއްނޭގޭތީ ހިތުގައިގެ އުދާސް

    ރައީސް ޔާމީންގެ ވެރިކަމުގައި މުއިޒް ހައުސިންގ މިނިސްޓްރީން ދިން ލިޔުމަކީ އަޅުގަނޑުމެންގެ ހިތްތަކުގައި އުއްމީދުގެ އައްޔެއް ދިއްލާލި ލިޔުމެކެވެ. އެ ލިޔުމާއެކު އަޅުގަނޑުމެންގެ ހިތްތަކުގައި ފުލެޓެއް ލިބި، އަމިއްލަ ގެދޮރެއްގައި އުޅެވޭނެކަމުގެ އުފާވެރި ހުވަފެންތަކެއް ފެެންނަން ފެށުނެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރުން ރައީސް އިބްރާހީމް…

    ރިއާޝާ އާދަމް ދ ކުޑަހުވަދޫ
  • އީދުގެ އުފަލުގައި ގިނަ ހަރަކާތްތަކެއް ބާއްވާ ކުދިބޮޑު އެންމެން ބައިވެރިވާތަން ފެނުމުން މަގެ…

    އީދުގެ އުފާވެރި ދުވަސްތައް ގާތްވަމުން އަންނަވަރަކަށް، ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް އުފާވެރިކަމުގެ ނިޝާންތައް ފެންނަން ފަށައިފި. ޒަމާންތަކަކަށްފަހު، އަނެއްކާވެސް ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، އީދުގެ ހަރަކާތްތަކުގައި ބައިވެރިވާތަން ދެކެ، ހިތަށް ލިބޭ އުފަލަކީ މިންނެތް އުފަލެކެވެ. މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި، ކުލަގަދަ ބޮކިތަކާއި…

    އިލްޔާސް އިބުރާމް ލ. ގަމު
  • ސިޔާސީ ހަރަކާތްތަކުގައި މީހުންގެ ޅަދަރިންނާއިބެހުން މައެއްގެ އުދާސް

    ސިޔާސީ މައިދާނުގައި ވާދަވެރިކަން އޮތްވަރަކަށް، ބައެއް ފަހަރު އެ ވާދަވެރިކަން ހައްދުފަހަނައަޅައި ގޮސް، އަމިއްލަ ނަފްސަށް ވެސް ނޭނގި ތިމާގެ ދުލުން ނުކުންނަ ބަސްތަކުން އެހެން މީހުންގެ ހިތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ޚާއްޞަކޮށް، ސިޔާސީ ވާދަވެރިންގެ ދަރިންނާ ބެހި، އެ ކުޑަކުދިންނަށް އަމާޒުކޮށް…

    ނާއިލާ ފާރޫގު ސ. ހިތަދޫ
  • މާލޭގައި ދިރިއުޅޭތާ 28 އަހަރު ވީއިރުވެސް ފުލެޓް ނުލިބުމުގެ ހިތުގެ އުދާސް

    މާލޭގައި ދިރިއުޅޭތާ 28 އަހަރު ވެއްޖެ. އެހެނަސް އަދިވެސް އަމިއްލަ ފުލެޓެއް ނުލިބި، ކުއްޔަށް އުޅެމުން މިދަނީ. ހިތުގައި އޮތް އުދާހެއް ބަޔާންކޮށް ނިމޭނެ ހެއްޔެވެ؟ ފުލެޓަށް އެދި ކިތައް ފަހަރު ހުށަހަޅައިފިން ހެއްޔެވެ؟ ނަމަވެސް، ކޮންމެ ފަހަރަކުވެސް ހިތާމައާއެކު އަނބުރާ އައިސް ހުސްއަތާ…

    މައިމޫނާ ތައުފީގު ދަފުތަރު މާލެ
  • އާއްމު ރައްޔިތެއްގެ މާލޭގެ މަގުމަތިން އިވޭ ބަރުގޯނައިގެ އަޑުގެ އުދާސް

    މާލޭގެ މަގުމަތިން އިވޭ ބަރުގޯނައިގެ އަޑު އަހަރެންގެ ހިތުގައި އުފެދޭ ކަންބޮޑުވުމާއި ނުތަނަވަސްކަން ބަޔާންކޮށް ނުދެވޭހާ ބޮޑެވެ. ރޭގަނޑުގެ ހަމަހިމޭންކަން ފޭރިގަންނަ މި އަޑުތަކުން، ގޭގައި ނިދާފައި ތިބޭ މުސްކުޅިންނާއި ކުޑަކުދިންގެ ނިދި ހަލާކުވެ، އެމީހުންގެ އަރާމު ގެއްލިގެންދާތަން ފެނުމަކީ ހިތާމަވެރި ކަމެކެވެ. ކޮންމެ…

    އިސްމާއިލް އަލީ
އިޝްތިހާރު އިޝްތިހާރު