ގއ. ދެއްވަދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢިމާރާތުގެ ޕްލާސްޓަރު ކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ދެއްވަދޫގެ ޒުވާނުންނާއި ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބާރުއެޅުމަށާއި ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ ސެންޓަރުގެ ޢިމާރާތް ޕްލާސްޓަރު ކުރުމުގެ މަރުޙަލާގެ މަސައްކަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ދެއްވަދޫގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް އެއްފުރާޅެއްގެ ދަށުން ކަސްރަތު ކުރުމާއި، މުނިފޫހިފިލުވުމުގެ އެކި ޙަރަކާތްތައް ހިންގުމަށް ޒަމާނީ ފެންވަރުގެ ޖާގައެއް ލިބިގެންދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންގެ ބޭނުމަށް މި ސެންޓަރު ޙަވާލުކުރުމަށެވެ.