އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުންތަކުގައި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފްއެވެ.
އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
ހއ. މުރައިދޫ - ފުޓްބޯޅަދަނޑު
ހދ. ކުމުންދޫ - ފުޓްބޯޅަދަނޑު
ށ. ފީވަކު - ފުޓްބޯޅަދަނޑު
ރ. މާކުރަތު - ފުޓްސަލްދަނޑު
ލ. ކުނަހަންދޫ - އައުޓްޑޯ ވޮލީކޯޓް
ހދ. ވައިކަރަދޫ - ސްކޭޓްޕާކް
ގއ. ދެއްވަދޫ - ފުޓްބޯޅަދަނޑު
ކ. ހުރާ - ފުޓްބޯޅަދަނޑު
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ތަފާތު ކުޅިވަރުތައް ކުޅެވޭނެ ފެންވަރު ރަނގަޅު ދަނޑުތައް ޤާއިމްކުރުމަކީ މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.