ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯ (3200 ގްރާމް) ގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ 2026 ނޮވެންބަރު 8 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންނެވެ. އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސްގެ އޮފިސަރުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ވަނީ ފެނިފައިކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3200 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރަން އުޅުނު ދިވެހި ފިރިހެންމީހާ މިހާރު ވަނީ އިތުރު ތަޙުޤީޤަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ. ރާއްޖެއަށް ޤަވާޢިދާ ޚިލާފަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ވާރޑަރ ކޮންޓްރޯލް ވަރުގަދަކޮށް، ކަސްޓަމްސްއިން އަންނަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.