ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްޠީނުގެ ބިންތަކުން ރައްޔިތުން ނެރުމަށް ޔަހޫދީންކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

office foreign ministry
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން، ނެރުމަށް އިސްރާއީލު ސަރުކާރުން ބާރުއަޅަމުންދާ ދިޔުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުގެ ވަޒީރުންގެ މިޢަމަލުތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ، އިސްރާއީލުގެ ވެރިންގެ އެފަދަ ވާހަކަތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ޤާނޫނުތަކާއި ޚިލާފުވުންކަމަށާއި އަދި މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއްކަމަށް ބުނެފައެވެ. ހަމައެއާއެކު ފަލަސްޠީނުގައި އިސްރާއީލުން އަތްގަދަކޮށްފައިވާ ސަރަޙައްދަކުންވެސް އަދި އެނޫންވެސް ފަލަސްޠީނުގެ އެއްވެސް ބިމަކުން ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް ހިންގާ އެއްވެސް ޢަމަލެއް ރާއްޖެއިން ބަލައިނުގަންނާނެކަމަށް ރާއްޖޭގެ ބަޔާނުގައިވަނީ ބުނެފައެވެ.

ޣައްޒާއަކީ ހިފާފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގައި ހިމެނޭ މުހިއްމު ބައެއްކަމަށާއި، އެއްވެސް ފަރާތަކަށް ނިގުޅައިނުގަނެވޭނެ ޙައްގެއްގެގޮތުގައި އަމިއްލަ ވަޒަނުގައި ތިބުމުގެ ޙައްގު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

HajjCop_ads
Advertisement

ފަލަސްޠީނުގެ ބިންތަކުން އެޤައުމުގެ ރައްޔިތުން ގަދަކަމުން ނެރުމަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް، ވަކިން ޚާއްސަކޮށް އދ.ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެއިންވަނީ ގޮވާލާފައެވެ. އަދި އިންސާފު ޤާއިމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިންވަނީ ގޮވާލާފައެވެ.

ރާއްޖޭގެ ބަޔާން ނިންމާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެގޮތެއް ނުވެ ދިވެހީން ތިބިކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިބަޔާނުގައިވަނީ ތަކުރާރުކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iruthishaam

ޚާރިޖީ ވުޒާރާއާއި މުވައްޒަފުންނާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފި

Qw

ސަޢޫދީގެ އެއާޕޯޓުތަކަށް ދިން ޙަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވޭ: ޚާރިޖީ ވުޒާރާ

Qw

ރާއްޖެ އާއި ވިއެޓްނާމާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Qw

ކެންޔާއާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި