އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގައި ހަރުކޮށްފައި ހުރި ސޭފްޓީ ބައެއް ވެއްޓި، ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އިމާރާތުގެ ސޭފްޓީ ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 5:06 ހާއިރުއެވެ. މި ހާދިސާގައި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ސޭފްޓީ ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.