މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޚާއްސަ ސަރޖިކަލް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މިއީ ޞިއްޙީ ވުޒާރާއާއި ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ބާއްވާ ކޭމްޕެއްކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ. މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 އިން 31 އަށެވެ.

Bringing Specialist Care Closer to You!
The Malé City Group of Hospitals, in partnership with the Ministry of Health and Gan Regional Hospital, is pleased to announce the launch of a Surgical Outreach Program scheduled for October 29-31, 2026.

During this initiative, our team …

އައިޖީއެމްއެޗްއިން ވިދާޅުވީ، މިއީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކާ ކުރިއަށްގެންދާ ކޭމްޕެއްކަމަށެވެ. މި ކޭމްޕުގައި އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އަދި ސަބް-ސްޕެޝަލިސްޓުން ހިމެނޭހެން 9 ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

ސަރޖިކަލް ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމު:
• ޑރ. ޢަބްދުﷲ އުބައިދު - އާންމު އޮޕަރޭޝަން އަދި ލަޕަރޮސްކޮޕިކް އޮޕަރޭޝަންތަކަށް ޚާއްސަ
• ޑރ. ހައްމާދު އާދަމް - ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ އޮޕަރޭޝަނަތަކަށް އަދި ގުނަވަންތަކުގެ ކެންސަރަށްކުރާ އޮޕަރޭޝަންތަކަށް ޚާއްސަ
• ޑރ. މުޙައްމަދު ވަޙީދު - ޕްލާސްޓިކް އަދި ރީކޮންސްޓްރެކްޓިވް ސާޖަރީ އަދި ފަސޭހަނުވެ ގިނަ ދުވަސްވީ ފާރުތަކުގެ ފަރުވާއަށް ޚާއްސަ
• ޑރ. މުޙައްމަދު ރިފްޝާން އިސްމާއިލް - ޕްލާސްޓިކް އަދި ރީކޮންސްޓްރެކްޓިވް ސާޖަރީ އަދި ފަސޭހަނުވެ ގިނަ ދުވަސްވީ ފާރުތަކުގެ ފަރުވާއަށް ޚާއްސަ
• ޑރ. ޢަބްދުﷲ އަދްސަރު - ކުޑަކަމުދާނިޒާމުގެ އޮޕަރޭޝަންތަކަށް ޚާއްސަ
• ޑރ. ޢާއިޝަތު އަޒްނާ ޢަލީ - ހިމަގޮހޮރުގެ ބަލިތަކާއި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ކުރާ އޮޕަރޭޝަންތަކުގެ ޚާއްސަ
• ޑރ. މުޙައްމަދު ޝިފާން - ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ
• ޑރ. ހުސައިން ހަމީދު - ލޭހޮޅިތަކުގެ ބަލިތަކަށް ކުރާ އޮޕަރޭޝަންތަކަށް ޚާއްސަ
• ޑރ. މުޙައްމަދު ޝަރީﷲ ޢަބްދުލް މަޖީދު - އާންމު އޮޕަރޭޝަން އަދި ލަޕަރޮސްކޮޕިކް އޮޕަރޭޝަންތަކަށް ޚާއްސަ

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ މި ޚާއްސަ ސަރޖިކަލް ކޭމްޕުގައި ބައިވެރިވާ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ސަބް ސްޕެޝަލިސްޓުންގެ ޓީމުން ސާޖިކަލް ކޮންސަލްޓޭޝަންތަކާއި ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ. އަދި މިފަދަ ކޭމްޕުތަކުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުންކަމަށެވެ.