ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމުގައި ޒުވާނުންނާއި އެކި އުމުރުފުރާތަކުގެ ކުދިންގެ އަޑު އެހުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Today, on #WorldChildrensDay, under the theme “My Day, My Rights, My Future,” we reaffirm our commitment to protecting children’s rights and ensuring their voices guide the decisions affecting their lives.

From strengthening protection against violence and expanding family-based …

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން، މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗާ" އަށް އަލިއަޅުއްވާލައްވައި، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކުދިންގެ ދިރިއުޅުމާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެކުދިންގެ ޚިޔާލާއި އަޑަށް އިސްކަންދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުން ރައްކާތެރިކުރުން ހަރުދަނާކުރުމާއި، އާއިލީ ވެއްޓެއްގައި ކުދިން ބަލާބޮޑުކުރުމުގެ ފުރުޞަތު ފުޅާކުރުމުގެ އިތުރުން ސިއްޙީ ޚިދުމަތްތަކާއި، ޝާމިލު ތަޢުލީމާއި، ތެރަޕީގެ ޚިދުމަތްތައް އަދި އިޖުތިމާޢީ ރައްކާތެރިކަމާއި އަލުން މުޖުތަމަޢަށް ގެނައުމުގެ ދާއިރާއިން ކުދިންގެ ހެދިބޮޑުވުމުގެ ކޮންމެ މަރުޙަލާއަކަށް ބޭނުންވާ ސިޔާސަތުތައް ދިވެހިރާއްޖެއިން ކަށަވަރުކޮށްދެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުންފަތުގެ އިޞްލާޙީ ފިޔަވަޅުތަކާއި ޑިޖިޓަލް ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އައު ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަންކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޙަޤީޤީ ކުރިއެރުމެއް ޙާޞިލުކުރެވޭނީ ހަމައެކަނި ކުދިންނަށް ޚާއްޞަކޮށްގެން ސިޔާސަތުތައް ކަނޑައެޅުމަކުން ނޫނެވެ. އޭގެ ބަދަލުގައި އެކުދިންގެ ތަޖުރިބާތަކުގެ އަޑުއަހައި، ވިސްނުންތަކަށް އިޙްތިރާމްކޮށް، މުސްތަޤުބަލު ބިނާކުރުމުގައި ކުދިން ބައިވެރިކޮށްގެންނެވެ. އެހެންކަމުން، ކުޑަކުދިން އެދޭފަދަ އުފާވެރި މުސްތަޤުބަލެއް ބިނާކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.