ރާއްޖެއިން ފެނުނު ކަމަށް މީގެ ކުރިން ރެކޯޑު ކުރެވިފައި ނުވާ ބާވަތެއްގެ ދޫންޏެއް މ. މުލިން ފެނިފައިވާ ކަމަށް އެންވަޔަރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ (އީއާރުއޭ) އިން ހާމަކޮށްފިއެވެ.

އީއާރުއޭ އިން އާންމުކުރި ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއިން އަލަށް ފެނިފައިވަނީ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް"ނަމަކަށް ކިޔާ ދޫންޏެކެވެ. މި ދޫނި ފެނިފައިވަނީ މ. އަތޮޅުގައި ތިމާވެށީގެ ގޮތުން މުހިންމު އަދި ހިމާޔަތްކުރެވިދާނެ ސަރަހައްދުތައް ދެނެގަތުމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު 26 އިން 30 އަށް ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާވޭގެ ތެރެއިން، މުލީގެ ދަނޑުވެރިކަން ކުރާ ސަރަހައްދުންނެވެ.

މި ދޫންޏަކީ އާންމު ގޮތެއްގައި ޔޫރަޕާއި މެދުތެރޭ އޭޝިއާ، އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ އުސް ސަރަހައްދުތަކުގައި ދިރިއުޅޭ ދޫންޏެއް ކަމަށް އީއާރުއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ، އެހާ އުސް ސަރަހައްދުތަކުގައި އުޅޭ ދޫންޏެއް ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމަކުން ފެނުމަކީ ތިމާވެށީގެ ގޮތުން ވަރަށް ހާއްސަ އަދި އާދަޔާ ހިލާފު ކަމެއް ކަމަށެވެ.