އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދިޔަ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" (ދަ ގެމްބިއާ ވާސަސް މިޔަންމާ) ގައި ނެރެފައިވާ ހުކުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރްޙަބާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، މިޙުކުމަކީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރުމުގައި އެޅުނު ހަރުދަނާ ފިޔަވަޅެއްކަމުގައި ވިދާޅުވެފަ އެވެ. އަދި، މިއީ އައި.ސީ.ޖޭ. އިން އެފަދަ ޖަރީމާތައް ހުއްޓުވުމުގައި އަދާކުރާ ހައްސާސް ދައުރާއި، އެފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވުމުގައި އެޅުނު ހަރުދަނާ ފިޔަވަޅެއްކަމަށް ވެސް ވިދާޅުވި އެވެ.
ދިވެހިރާއްޖެއަކީ މިމައްސަލައިގައި ތަދައްޚުލުވެފައިވާ ފަރާތެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޢަމަލު ހުއްޓުވުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި، މިފަދަ ޖަރީމާތައް ހުއްޓުވުމަށް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވުމުގެ އިތުރުން، ރައްޔިތުން ޖަވާބުދާރީ ކުރުވައި، އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމާއި، ޖަވާބުދާރީ ކުރުވުމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމާއި، އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުން ފަދަ ކަންކަން ކުރިއަށް ގެންދެވުމަށް، ހުރިހާ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވަމުންނެވެ.
Dr Mohamed Muizzu@MMuizzuI welcome today's judgment by the International Court of Justice in the case of the Application of the Convention on the Prevention and Punishment of the Crime of Genocide (The Gambia v. Myanmar).
This judgment marks an important development in international efforts to uphold …
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.