މުޅި ރާއްޖެއަށް މިއަދު ދުންފުހުގެ އަސަރު ކުރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން މި އަސަރު ފެންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ހާއްސަކޮށް، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި ދުންފުހުގެ އަސަރު އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މިކަމުގެ ސަބަބުން ވައިގެ ސާފުމިން ދަށްވެ، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ.

ދުންފުހުގެ ސަބަބުން ސިއްހީ ގޮތުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމުގެ ގޮތުން، ބޭރުތެރޭގައި އެކި ހަރަކާތްތަކުގައާއި މަސައްކަތްތަކުގައި އުޅުއްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުންނާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން މި ދުވަސްވަރު އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

އިޝްތިހާރު އިޝްތިހާރު
Haze conditions are expected to persist over the next five days. Air quality and visibility may remain affected, particularly in northern and central atolls.