ރާއްޖޭގެ މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާތީއާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.

Alert yellow for torrential rain and thunderstorms with gusts of 40 mph.

އެ އިދާރާއިން ބުނާގޮތުގައި އާދައިގެ ވަރަކަށް ހުންނަ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެއެވެ. އަދި މި ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން އަދި އާންމު ރައްޔިތުންވެސް ދަތުރުފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަނދާންކޮށްދީފައެވެ.

އިޝްތިހާރު އިޝްތިހާރު

އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވި ނަމަވެސް، މާލެ ހިމެނޭހެން މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ދޭތެރެދޭތެރެއިން ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވެއެވެ.

ނަމަވެސް ވޭތުވެދިޔަ ދެ ދުވަހު ވެހުނު ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަކަށް ލަފާނުކުރެވެއެވެ. މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މިހާރު ހިނގަމުންދަނީ ހުޅަނގު މޫސުމުގެ 25 ވަނަ ނަކަތް ކަމަށްވާ 'ނޮރަ' ނަކަތެވެ. މިއީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް އަޅާ ދުވަސްވަރު ކަމަށްވުމުން، ވައި މަޑުވެފައި ދޭތެރެދޭތެރެއިން ކެރީގެ އަސަރު ކުރުމަކީ މި ނަކަތުގެ އާންމު ސިފައެއްކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.