ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން ސަމާލު ނެރެފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ.އަތޮޅުން ފެށިގެން ތ،އަތޮޅާ ހަމައަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:30 އާ ހަމައަށެވެ.
ހުދު ސަމާލު ނެރެމުން މެޓް އޮފީހުން ބުނެފައިވާ ވަގުތުގައި އެ ސަމާލު ނެރެފައިވާ ވަގުތުގައި އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމުގައި ބެލެވޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
Maldives Meteorology@MetMaldivesAlert white for heavy rain, thunderstorms and gusts.
އެ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައިވާއިރު، ސަލާމަތީ ބާރުތަކުން އަންނަނީ މޫސުން ގޯސްވުމާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑަށް މޫސުމަށް ސަމާލުކަންދިނުމާއެކު، ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރަމުންނެވެ.
އިއްޔެވެސް ވަރަށް ބޮޑަށް ވިއްސާރަކުރިއިރު، ފާއިތުވި 24 ގަޑިއިރު ތެރޭ އެންމ ެބޯކޮށް ވާރޭވެހުނު ހުޅުމާލެއަށް 66 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ ކ.ދިއްފުއްޓަށް ކަމުގައިވާއިރު، އެ ރަށަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރަ ނިމި މޫސުން އަލިވިލޭނީ ހޯމަދުވަހުން ފެށިގެންކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.