މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މީހަކު 15 އަހަރަށް ޖަލަށްޖުލަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލާގައި ހުކުމް އިއްވާފައި ވަނީ ލ.މާބައިދޫ، ކަޑުރޯޅި، އިސްމާއީލް ޖުމާންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ 23 މާޗު 2022 ދުވަހު 05:00 އެހައިކަށްހައިއިރު، މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އޭނާ އަންހެނަކު ރޭޕްކޮށްފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އަނިޔާ ލިބުނު ފަރާތުން ކިޔައިދީފައިވާ ވާހަކަތަކާއި ޑޮކްޓަރުގެ މެޑިކޯލީގަލް ރިޕޯޓުންނާއި ފޮރެންސިކް ހެކިތަކުން އެކަން ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. އަނިޔާ ލިބުނު ފަރާތުގެ ހަށިގަނޑުން ޖުމާންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
ދައުވާއަށް އިންކާރުކޮށް ޖުމާން ބުނެފައި ވަނީ އޭނާ އުޅުނީ އަނިޔާ ލިބުނު ފަރާތާ ލޯބީގެގޮތުން ގުޅިގެން ކަމަށާއި 23 މާރިޗު 2022 ދުވަހު ފަތިސް ގަޑީގައި ސައިކަލު ދުއްވާލަން ގޮސް، ގެސްޓުހައުސްއަށް ދިޔަކަމަށެވެ. އަދި ގެސްޓް ހައުސްތެރޭގައި ދެމީހުން ތިބީ ވާހަކަ ދައްކަންކަމަށާއި ދަޢުވާގައި ބުނާ ފަދަ އެއްވެސް ކަމެއް އެތަނުގެ ތެރޭގައި ހިންގާފައިނުވާނެކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތައް ނަފީކުރެވޭނެ ހެއްކެއް އޭނާއަށް ހުށަހެޅިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.