ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރައި ބޯކޮށް ވާރޭހެވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމުގައި ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ ހޯމަދުވަހުން ފެށިގެން މިހާރު ކުރަމުންދާ ވއިްސާރައިގެ އަސަރު ކުޑަވެ، މޫސުން އަލިވާން ފަށާނެކަމަށަށް ބެލެވޭ ކަމުގައި އެ އިދާރާއިން ބުނެފައިވެއެވެ.

އިތުރަށް މެޓް އޮފީހުން ބުނެފައިވަނީ އެ މުހުލަތުގައި ވައިގެ ބާރުމިން ހުންނާނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާ ގާތްކުރާ ބާރުމިނލެއްގައި ވައިގަދަވެދާނެ ކަމުގައިވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމުގައި ލަފާކުރެވޭތީ ކަނޑު ދަތުރުފަތުރުކުރުމުގައި މޫސުމަށް ރިއާޔަތްކޮށް ސަމާލުކަން ދިނުމާއެކު، ސަލާމަތީ ހިދުމަތްތަކުން ދޭ އިރުޝާދަށް ތަބާވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އަންގައި، އުޅަނދުފަހަރުގައި ލައިފް-ޖެކެޓާއި، މުވާސަލާތީ ނިޒާމުތަކާއި ދިޔަ ހިއްކާ ޕަމްޕާއި އެނޫނަސް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ސަލާމަތްވުމަށް ބޭނުންވާނެ އެހެން ވަސީލަތްތައް ފުރިހަމައަށް ހުރިކަށް ކަށަވަރުކުރަން އެ އިދާރާއިން އެދިފައިވެއެވެ.

Alert white for heavy rain and thunderstorms with gusts of 35 mph expected.