ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަން ހަދައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކުރަން މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

ޕީއެންސީއާ ގުޅުމަށް އެ ޕާޓީއަށް ދައުވަތު ދެއްވީ ރައީސް މުއިއްޒެވެ.

އެ ދައުވަތު ގަބޫލުކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކުރި ގަރާރުގައި ވަނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއިދުކޮށް މަސައްކަތްކުރާނެ ކަމަށް ގަރާރުގައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާ އާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދު ކަމަށް އެ ބަޔާނުގައިވެ އެވެ. ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.