ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަަރައްޤީ ކުރަން އަދާލަތުން ތާޢީދުކޮށް ޤަރާރެއް ނެރުއްވައިފި އެވެ.
އެ ޕާޓީން މިފަދަ ޤަރާރެއް ނެރުުއްވީ މިރޭ ބޭއްވި ބައްދަލްވުމަކަށް ފަހު އެވެ. އެ ޤަރާރުގައި ވަނީ އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، އެ މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ ފަރާތްތަކަށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި އެފަދަ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމަށް އެ ޕާޓީން ޤަބޫލުކުރާ ކަމަށެވެ.
އަދި އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކޮށް، ކުރިއަށްގެންދިއުމަކީ ސިންދަފާތުކުރެވިފައިވާ ވިލުންތެރި އިގްތިސޯދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް އަދާލަތު ޕާޓީން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ރަސްމާލޭގައި ހިންގަން މިހާރު މަސައްކަތް ކުރަމުންދަނީ އެފަދަ މަޝްރޫޫއު އެކެވެ. މިއީ ދިވެހި އިޤްތިސާދު އެހެން އުސް ހަރުފަތަކަށް ގެންގޮސްދޭނެ މިހާތަނަށް ދިވެހި ތާރީޚުގައި ހިންގޭނެ އެންމެ ބޮޑު މަޝްރޫޢު އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.