ކުރިއަށް އޮތް ހަފުތާ ބަންދުގައި ދެކުނަާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސް ވާނޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދެކުނާއި މެދުރާއްޖެގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމާއި ވައި ގަދަ ވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މެދުރާއްޖެ ތެރެއަށް 5 -15 މޭލާއި ދެމެދު ވައި ޖެހޭނެ ކަމާއި ދެކުނުގެ ރަށްތަކަށް 8-18 މޭލާއި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

White Alert for heavy rain and thunderstorms.

އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެން ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުގަތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

އިޝްތިހާރު އިޝްތިހާރު

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރުގެ އަތޮޅުތަކުގައި 2 ފުޓާއި 5 ފޫޓާ ދެމެދުގައެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ހިސާބުތަކުގައި 3 ފޫޓާއި 6 ފުޓާއި ދެމެދުގައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެމަށްފަހު ނޫނީ ދަތުރު ނުކުރުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުުން މުހިންމެވެ.