ސީޕްލޭންގެ ކަނދަކަށް ގެއްލުންވެގެން ދިޔަވި ހާދިސާގައި މީހަކަށް ގެެއްލުންވެފައިނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ސީޕްލޭނަކަށް ދިޔަވެ އަޑިއަށް ދާ މަންޒަރު ފެންނަ ވީޑިއޯއް މިއަދު ވަނީ ވައިރަލް ވެފަ އެވެ. މިއީ އެމްއޭސީއެލް ނޫވިލު ސީޕްލޭން ޓާމިނަލުގެ ފަޅު މިއަދު މެންދުރު ފަހު ހިނގި ހާދިސާ އެކެވެ.

ހާދިސާ ހިނގީ ސީޕްލޭންގެ ކަނދަކަށް ގެއްލުންވެގެންނެވެ. ކަނދަށް ގެއްލުން ލިބި ސީޕްލޭނަށް ލޮނުގަނޑު އަރާ ކޮންމެވެސް ވަރަކަށް އަޑިއަށް ދިޔަ އެވެ.

އިޝްތިހާރު އިޝްތިހާރު

ނަމަވެސް އެ ސީޕްލޭން މިހާރު ވަނީ ފާލަމާ ގާތް ކޮށްފަ އެވެ.

އެމްއޭސީއެލުން ބުނީ ހާދިސާ ހިނގީ ބޯޓް ޓެކްސީ ކުރުމުގެ ތެރޭގައި ކަމަށެވެ. ހާދިސާއާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުން ކަމަށާ އަޅަން ޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.