މާލެއިން ގެއްލިގެން ހޯދަމުންދާ ހއ. ދިއްދޫ، ޢާލިޔާ، އާދަމް އިކްރާމް (32އ) ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އެދިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެގޮތުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެ މުއައްސަސާއިން އެދެއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލެ ސަރަހައްދުގައި މީހުން ގެއްލިގެން ހޯދުމަށް ފުލުހުން ދޭތެރެދޭތެރެއިން އާންމުންގެ އެހީތެރިކަމަށް އެދި އިއުލާންކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.