ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރެއްގެ ތެރޭގައި މަސްތުގެ ޙާލަތުގައި ތިބެ، ހަޑިހުތުރުކޮށް އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދިން މައްސަލައެއްގައި ބަންގްލަދޭޝްގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ނިވާކަން ކުޑަ ހެދުމެއްގައި ތިބެ ހަމަނުޖެހުން އުފައްދައި، ޢާންމު މަޞްލަޙަތު ގެއްލޭ ގޮތަށް ޢަމަލުކުރި މި ދެ ބިދޭސީން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މި ހާދިސާގައި އެ މީހުން ވަނީ އެމްޕީއެލް ޓަވަރުގެ މައި ދޮރާށީގެ ބިއްލޫރިގަނޑު ތަޅާލައި، އެ އިމާރާތުގެ ތަކެއްޗަށް ގެއްލުންތަކެއް ދީފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލައި ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.