ބަނގުރާ ގެންގުޅެ، ބޭނުންކުރި ކަމުގެ ތުހުމަތުގައި ދިވެހި ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 5 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. ތުލުސްދޫ، ވާދޫ، އުމުރުން 19 އަހަރުގެ މުޙައްމަދު ރަޒާން ޢަލީ ޒާހިރެވެ. އޭނާއަކީ އެމްއެންޑީއެފްގެ ޕްރައިވެޓް ރޭންކުގައި ޚިދުމަތް ކުރަމުން އަންނަ ސިފައިންގެ މީހެއް ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވަނީ، ރަޒާން ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި އޭނާ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ޤާނޫނީ ވަކީލަކާއެކު ކަމަށް ބުނެފައިވާތީ، ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އެ އަމުރުގައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.