އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭ.އެމް.އާރް) ނުވަތަ ޖަރާސީމު މަރާ ބޭސްތަކަށް ބަލިޖައްސާ ޖަރާސީމު ނުގުޑުމުގެ މައްސަލައަކީ މުޅި ދުނިޔެއަށް ބޮޑުވަމުން އަންނަ ބިރެއްކަން ފާހަގަކުރައްވައި، ބޭސް ބޭނުންކުރުމުގައި ފަރުވާތެރިވެ ޒިންމާދާރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އެންޓިމައިކްރޯބިއަލް ހޭލުންތެރިކަމުގެ ހަފުތާއާ ގުޅުވައިގެން އެކަމަނާ ދެއްވި ޚިޠާބުގައި ވިދާޅުވީ، މި މައްސަލައިގެ ސަބަބުން ހަމައެކަނި އިންސާނުންގެ ސިއްހަތަށް ނޫން ކަމަށާއި، ޖަނަވާރުންނާއި ގަސްގަހާގެހި އަދި މުޅި ވެށީގެ ދުޅަހެޔޮކަމަށްވެސް އިންތިހާއަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ބޭހަކީ އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަން ހަނދާންކޮށްދެއްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މި ބޭސްތަކުގެ ބާރު ކެނޑިގެންދާނަމަ އާދައިގެ އިންފެކްޝަންތައް ފެތުރުން އިތުރުވެ، އެކި ބަލިތަކަށް ޝިފާ ހޯދުމަށް ހުރަސްއެޅިގެންދާނެ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކޮންމެ ދުވަހެއްގެ އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް އެކަމަނާ ބަޔާންކުރެއްވިއެވެ.
އަންނާން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމާއި ހަމަޖެހުން ކަށަވަރުކުރެވެން އޮތީ، ބޭސްތައް ބޭނުންކުރުމުގައި ޒިންމާދާރު އާދަތައް އަށަގަންނުވައި، ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް މަގުފަހިކޮށް، ތިމާވެށި ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ މި ހަފުތާ ފާހަގަކުރާއިރު، އިންސާނުންނާއި ޖަނަވާރު އަދި ތިމާވެށީގެ ދުޅަހެޔޮކަމަކީ ވަކިނުކުރެވޭނެހެން ގުޅިފައިވާ ކަންކަން ކަމުގައި ބުނެދޭ "ވަން ހެލްތު" ވިސްނުން ފެތުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެއިތުރުން، އެންމެންގެ މުސްތަޤުބަލުގެ ރައްކާތެރިކަމަށާއި އުފާވެރި ދުޅަހެޔޮ ދިރިއުޅުމެއް ޔަޤީންކުރުމަށްޓަކައި ލަސްނުކޮށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.
First Lady Sajidha Mohamed@sajidhaamohamedAntimicrobial resistance (#AMR) is an emerging global threat, putting the health of humans, animals, plants, and the environment at risk. Medicines save lives, and when antimicrobials lose their effectiveness, infections are more common, harder to treat, and challenges our daily …
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.