މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ އިސްރާއީލަށް ޒިޔާރަތްކޮށް، އިސްރާއީލު އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލު ކުރަމުން އެބަ ގެންދެއެވެ.
ކޮމާންޑަރ ބްރެޑް ކޫޕަރ އިސްރާއީލަށް ގޮސް މިއުޅެނީ، އެމެރިކާއާއި އީރާނުން ހަމަލާތައް ބަދަލުކޮށް، މަސްރަހް އިތުރަށް ނުތަނަވަސްވެފައިވާ ވަގުތެއްގައެވެ.
ބްރެޑް ކޫޕަރ އިސްރާއީލަށް ގޮސް ބައްދަލުކޮށްފައިވަނީ، އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް އީޔަލް ޒަމިރުގެ އިތުރުން، މޮސާޑްގެ ވެރިޔާ ރޯމަން ގޮފްމަންއާ ކަމަށް، އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ބްރެޑް ކޫޕަރވަނީ، އިސްރާއީލު އަސްކަރިއްޔާގެ އެއްގަމާއި، ވަޔާއި އަދި ކަނޑުގެ ސިފައިންގެ ވެރިންނާވެސް ބައްދަލުކޮށްފައެވެ. އަދި އީރާނާ ގުޅޭގޮތުން އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން މިދިޔަ ހަފްތާގައި އެމެރިކާއަށް ކުރި ޒިޔާރަތުގައި، އީރާނުން ނިއުކްލިއަރ ޕްރޮގްރާމް އަލުން ތަރައްގީ ކުރަމުންދާ ކަމާއި، އެމެރިކާއަށް ބޮމުގެ ހަމަލާތަކެއް ދިނުމަށް އީރާނުން ރާވަމުންދާ ކަމަށް އިސްރާއީލަށް ލިބިފައިވާ ޖާސޫސީ މައުލޫމާތު އެމެރިކާގެ ވެރިންނާ ހިއްސާކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި އިސްރާއީލާއި އެމެރިކާ ގުޅިން އީރާނާ ދެކޮޅަށް އަލުން އަސްކަރީ ހަމަލާތައް ފެށުމަށް ގޮފްމަން ބާރުއަޅާފައިވާ ކަމަށް ބުނެ ރިޕޯޓްތައްވެސް މިހާރު އާންމުވެފައި ވެއެވެ.
މޮސާޑުގެ ވެރިޔާ އެމެރިކާއިން އެނބުރި އައިސް، އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމެއް ބާއްވައި އީރާނަށް ހަމަލާދޭން ތައްޔާރުވާން އަންގާފައިވާ ކަމަށް، އިސްރާއީލުގެ މީޑިއާއިންވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އެމެރިކާ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ އިސްރާއީލުގައި، ހަނގުރާމައިގެ މަޝްވަރާތަކެއް
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.