ޓްރީ ޓޮޕް ހޮސްޕިޓަލްގެ މި އަހަރުގެ ހިތާނީ ކޭމްޕްގައި ރަޖިސްޓަރީވާން ބޭނުންވާ ކުދިންނަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ، ހިތާނީ ކޭމްޕުގަައި ބައިވެރިވާން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތާވަލްގައިވާ ގޮތުން ހިތާނީ ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ ކޮންސަލްޓޭޝަން ކުރިއަށް ގެންދާނީ އަންނަ ޑިސެމްބަރު މަހުގެ ތިނަކުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު އިޝްތިހާރު

ހިތާނީ ކޭމްޕް ނުވަތަ ޕްރޮސީޖާތައް ކުރިއަށް ގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 12 އިން އަންނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހާ ދެމެދުގަ އެވެ.

  • ހިތާނީ ކޭމްޕްގައި ހިމެނެނީ:
    ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
    ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
    ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
    އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
    އޮޕަރޭޝަނަށް ފަހު ޑޭކެއާގައި މޮނިޓާ ކުރުން
    ފޮލޯއަޕް ކޮންސަލްޓޭޝަން
    އޮޕަރޭޝަނަށް ފަހު ލުއި ކެއުންް
    ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު
    ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މި ކޭމްޕުގައި ހިދުމަތް ދޭނީ އޮޕަރޭޝަން ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ.

އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ޝަރީފް، ޑރ. އޯޑާ، ޑރ. އުބައިދް ޑރ. މޫމިން، ޑރ. ހުސެއިނެވެ.

އެ ހޮސްޕިޓަލުން ބުނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ހާއްސަ ކޮށްފައިވާ މާހައުލެއްގައި ކަމަށެވެ. އެއީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ، ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބޭނެ ކޭމްޕެއް ކަމަށް ބުންޏެވެ.

ހިތާނީ ކޭމްޕާ ގުޅޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

"މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ،" އެ ހޮސްޕިޓަލުން މީޑީއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.