ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ރާއްޖޭޣެ ތަރައްޤީގައި ކުރިއެރުންތަކެއް ހޯދައިދީފިއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ޖުމްލަ 93 މަޝްރޫޢެއްގެ މަސައްކަތް އެއްކޮށް ނިންމައި، އިތުރު 356 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ވަނީ ބާރަށް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރުވެސް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 149 ރަށެއްގައި އެ ކުންފުނީގެ ތަރައްޤީގެ މަޝްރޫޢުތައް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. މީގެ ތެރޭގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުހެދުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ މުހިންމު މަޝްރޫޢުތައް ހިމެނެއެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބިގެންދާނެ ފަދަ ވަރުގަދަ މުޖުތަމަޢުތަކެއް ބިނާކުރުމެވެ. އަދި ދަތުރުފަތުރާއި އުމްރާނީ ވަސީލަތްތަކުގެ ޒަރީޢާއިން މުޅި ރާއްޖެ އެކީ ގުޅާލުމަށް ވެފައިވާ ވަޢުދު ފުރިހަމަކުރުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

އިޝްތިހާރު އިޝްތިހާރު

މުޅި ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަށް އެމްޓީސީސީން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.