ހއ. ތުރާކުނުގައި އިމާރާތްކުރަމުންދާ މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ސައިޓުގައި ކުރިއަށްދަނީ މިސްކިތުގެ މުންނާރުގެ ސިމެންތި ޖެހުމުގެ މަސައްކަތްތަކާއި، ވަށާފާރުގައި ކުލަލުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގެ ފިނިޝިންގ މަސައްކަތްތައް ވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށްކަމަށް އެމްޓީސީސީން ބުންޏެވެ.
ތުރާކުނު ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިސްކިތުގެ މައި ޢިމާރާތުގެ މަސައްކަތްތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ވީހާވެސް އަވަހަކަށް މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ރައްޔިތުންނަށް މިސްކިތް ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.