މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ކުޅުދުއްފުށީ ރީޖަނަލް އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި "ސުޕަވައިޒަރީ އަދި ޓީމްވޯކް ހުނަރުތަކުގެ ތަމްރީނު ޕްރޮގްރާމް" އެ މުވައްޒަފުން ކާމިޔާބީއާއެކު ނިންމާލައިފިއެވެ. މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ބޮޑު އިސްކަމެއް ދީފައިވަނީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް އިތުރުކުރުމަށެވެ.
މި ޕްރޮގްރާމަކީ މަސައްކަތްތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރާނެ ގޮތްތައް އުނގަންނައިދިނުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ތަމްރީނެކެވެ. މީގެއިތުރުން، އެކަކު އަނެކަކަށް އިތުބާރުކުރުމުގެ ރޫޙު އާލާކޮށް، އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަކީވެސް މި ތަމްރީނުގެ މުހިންމު އަމާޒެކެވެ.
މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ ހަރުދަނާ އުޞޫލުން މުޢާމަލާތުކުރުމާއި، ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް ހައްލުކުރާނެ ގޮތްތަކުގެ މައްޗަށެވެ. އަދި މަސައްކަތުގެ ޖޯޝް އިތުރުކުރުމާއި، މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޢަމަލީ ތަޖުރިބާތަކާއި މަޝްވަރާ ބައްދަލުވުންތަކުގެ ޒަރީޢާއިން މުވައްޒަފުންނަށް ވަނީ ދަސްކޮށްދީފައެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އުފުލި، މުވައްޒަފުން ނެރޭ ނަތީޖާ އިތުރަށް ފުރިހަމަވެގެންދާނެއެވެ. އަދި އޭގެ ހެޔޮ އަސަރު އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުން ފެނިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.