ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ ޕޮލިސް ސްޓޭޝަން އިމާރާތުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އަލިފުށީ ޕޮލިސް ސްޓޭޝަން މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އޮފީސް އިމާރާތުގެ ޓައި ބީމް ފޯމްވޯކް އެޅުމާއި ރީއިންފޯސްމަންޓްގެ މަސައްކަތްތަކެވެ.

މި މަޝްރޫޢަކީ ރަށްރަށުގައި ޤާނޫނު ތަންފީޛުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުޞޫލުން ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އިޝްތިހާރު އިޝްތިހާރު

އަލިފުށީގައި ބިނާކުރެވޭ މި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމުމުން، އެ ރަށުގައި އަމަންއަމާންކަން ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަލުވިވެ ފުރިހަމަވެގެންދާނެއެވެ. އެމްޓީސީސީން ދަނީ މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.