ކ. ގުޅީ ސްކޫލުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަލްޓި ޕާޕަސް ހޯލާއި 6 ކްލާސްރޫމުގެ އިމާރާތް އެޅުމުގެ މަޝްރޫޢުގެ 37 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި އިމާރާތުގައި މިހާރު ކުރިއަށްދަނީ ފުރާޅު ވަރުގަދަކުރުމުގެ މަސައްކަތްތަކެވެ. އެޑިއުކޭޝަން މިނިސްޓްރީން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫޢެކެވެ.

އިޝްތިހާރު އިޝްތިހާރު

ކ. ގުޅީ ސްކޫލުގައި އަޅާ މި އިމާރާތުގެ މަސައްކަތް މުޅިން ނިމުމުން، އެ ސްކޫލުގައި ދަރިވަރުން ތަޢުލީމު ޙާޞިލުކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.