އަލް-ނަސްރުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ފުޓްބޯޅައިން ރިޓަޔާކުރުމަށް ނިންމި ނިންމުމުން، ޕޯޗުގަލް ޓީމާއެކު އޭނާ ދެކެމުން އައި އެންމެ ލޯބިވާ ހުވަފެނެއް ފުނޑުފުނޑު ވެއްޖެއެވެ.
ޕޯޗުގަލްގެ ޤައުމީ ޓީމުގެ ކެޕްޓަން ރޮނާލްޑޯ، ޤައުމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކުރީ ސިހުން ގެނުވި ގޮތަކަށެވެ. މީގެ ކުރިން އޭނާ ދިޔައީ ޤައުމީ ޓީމަށް ކުޅެމުން ކުރިއަށްދާން ބޭނުންވާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. މި ނިންމުމާއެކު، އޭނާގެ ވާދަވެރި ލަޔަނަލް މެސީ އާއެކު އޭނާ ވެސް ގުޅިއްޖެއެވެ. މެސީ ޤައުމީ ފުޓްބޯޅައިން ރިޓަޔާކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
ސެޕްޓެމްބަރު މަހު، ޕޯޗުގަލްއާއި ވޭލްސް ބައްދަލުކުރި ޔުއެފާ ނޭޝަންސް ލީގުގެ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ރޮނާލްޑޯ ވަނީ ދެ ލަނޑުދަނޑިއެއް ހާސިލްކުރުމަށް ކުރިއަށްދާނެކަމަށް ބުނެފައެވެ.
އަހަރެންގެ އަމާޒަކީ ކެރިއަރުގައި 1000 ވަނަ ގޯލު ޖެހުމާއި، ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުން.
ރޮނާލްޑޯ ބުންޏެވެ.
އެ 1000 ވަނަ ގޯލު ޖަހަން ބޭނުންވަނީ ކޮން ޖާރޒީއެއްގައިތޯ ސުވާލުކުރުމުން، އޭނާގެ ހުވަފެނަކީ ޕޯޗުގަލް ޖާރޒީގައި އެ ކާމިޔާބީ ހާސިލްކުރުންކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރިއެވެ.
މިއަދު އެ ހުވަފެން ވަނީ ގެއްލިފައެވެ. ގައުމީ ފުޓްބޯޅައިން ރިޓަޔާކުރުމަށްފަހު، ރޮނާލްޑޯއަށް 1000 ގޯލުގެ ލަނޑުދަނޑިއަށް ވާސިލްވެވޭނީ ހަމައެކަނި އަލް-ނަސްރު ޖާރޒީގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.