"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މި އެކްސްޕޯ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާގައި ކުރެވިފައިވާ 156 މަސައްކަތެއް ހިމަނައިގެން އެކުލަވާލާފައިވާ ޚާއްސަ ފޮތެއް ނެރެދެއްވާފައެވެ. މީގެއިތުރުން، ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ދެމުންދާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.
The President's Office@presidencymvPresident Dr @MMuizzu inaugurates the Maldives Health and Family Expo 2026 at Hulhumalè Central Park. Following the inauguration the President, accompanied by First Lady @sajidhaamohamed toured the event that brought together healthcare providers and members of the community to …



މިއީ ސިއްހީ ވުޒާރާއިން މި އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ. ވޭތުވެދިޔަ ދެ އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި އެކްސްޕޯގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި، ކްލިނިކުތަކާއި، ޖަމިއްޔާތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލެއް ހިމެނޭހެން 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ.
މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ އާދަތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމާއި، ޖިންސީ ހަމަހަމަކަމާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެއިތުރުން، ސިއްހީ ދާއިރާގެ އެކި މުއައްސަސާތަކުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަގުފަހިކޮށްދީ، މިނިސްޓްރީއާ ގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
އާއިލާއާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި އެކްސްޕޯގައި، ކުޑަކުދިންނަށް ޚާއްސަ ހެލްތު ޗެކަޕްތަކާއި، މިންހެޔޮ ކާނާ އަދި ވެކްސިނާ ގުޅޭ މައުލޫމާތު ދިނުން ކުރިއަށްދާނެއެވެ. އަދި ބިދޭސީންނަށް ޚާއްސަކޮށްގެން ސިއްހީ ސްކްރީނިންގ ހެދުމާއި، ޒުވާނުންނަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން، ކާބޯތަކެތީގެ ރަނގަޅު އާދަތައް ދަސްކޮށްދިނުންވެސް އޮންނާނެއެވެ. މީގެއިތުރުން، މިއުޒިކް ޝޯތަކާއި ބިރުވެރި ހޮހޮޅަ ފަދަ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް މިފަހަރުގެ އެކްސްޕޯގައި ހިމަނާފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.