މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ޗައިނާގެ ސާންޔާގައި ހުންނަ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީ އިންޑަސްޓްރީ ޕްރޮމޯޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ހައިނާންއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ސިމްޕޯޒިއަމް އިންތިޒާމުކުރި ފަރާތްތަކުގެ ޚާއްޞަ ދަޢުވަތަކަށް ވަޒީރު ކުރެއްވި މި ޒިޔާރަތަކީ، ދިވެހިރާއްޖެއިން ބްލޫ އިކޮނޮމީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ޒަމާނީ ވަސީލަތްތައް ދެނެގަތުމުގެ މުހިންމު ފުރުޞަތެއް ކަމުގައި ފާހަގަކުރެވެއެވެ.
Min of Fisheries, Agriculture and Ocean Resources@MFAORmvMinister @Shiyamaldives and his delegation visited the Yazhou Bay Science and Technology City Industry Promotion Center in Sanya, China, as part of his official visit to Hainan, undertaken at the invitation of the organisers of the 7th Symposium on Global Maritime Cooperation and …



ވަޒީރުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދާއެކު، މަސްވެރިކަމުގެ ދާއިރާއާއި އެކުއާކަލްޗަރ ނުވަތަ ކަނޑުމަސް އާލާކުރުމުގެ ދާއިރާއިން އަދި މެރިން ސައިންސްގެ ރޮނގުން ޗައިނާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި، ސައިންސާއި ޓެކްނޮލޮޖީގެ ޒަމާނީ އީޖާދުތައް ވަނީ އަމަލީގޮތުން ބައްލަވާލައްވާފައެވެ. ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ދިރާސާތަކާއި އެކުއާކަލްޗަރގެ އައު ނަމޫނާތައް ތަރައްޤީކުރުމުގައި ފާހަގަކޮށްލެވޭ މަރުކަޒެއް ކަމުގައިވާ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީއަށް ކުރެއްވި މި ޒިޔާރަތުގައި، ދެ ޤައުމުގެ ދެމެދުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
Min of Fisheries, Agriculture and Ocean Resources@MFAORmvMinister @Shiyamaldives and his delegation visited Hainan Chenhai Aquatic Products Co., Ltd., in Sanya, China, during his official visit to Hainan at the invitation of the organisers of the 7th Symposium on Global Maritime Cooperation and Ocean Governance.
The visit provided an …

މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން ލިބޭ ފައިދާ އިތުރުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ފަންނީ ޢިލްމާއި ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.