ޗައިނާގެ އީ-ކޮމާސް މަންސައެއްކަމަށްވާ "ޕެޗީ" އިން އޮންލައިންކޮށް ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން މުދަލަށް އަގު ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޕެޗީއަކީ ހެޔޮ އަގުގައި ރަނގަޅު ފެންވަރުގެ މުދާ ވިއްކުމަށް ހާއްސަ އޮންލައިން މަންސައެކެވެ. މި މަންސައިގައި ދަބަހާއި ފައިވާނާއި ބޫޓުގެ އިތުރުން އެކްސަސަރީތަކާއި ގެޖެޓުތައް އަދި ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް ވިއްކަން ހުރެއެވެ. އެ މަންސައިގައި ވިއްކާ ތަކެއްޗަކީ ފެންވަރުގެ ގޮތުން އަގަށްވުރެ އެތައް ގުނައެއް ރަނގަޅު އުފެއްދުންތަކެކެވެ.

އެ މަންސައިގެ ވެބްސައިޓުގައިވާ ގޮތުން ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ޑޮލަރުގެ ލިމިޓާމެދު ހާސްވުމެއް ނެތި ވިޔަފާރިކުރެވޭނެއެވެ. އަދި އޯޑަރުކުރާ މުދާ 10 ދުވަހާއި 15 ދުވަހާ ދޭތެރޭގެ މުއްދަތެއްގެ ތެރޭގައި ޑެލިވާކޮށްދޭނެކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ޗައިނާގެ އީ-ކޮމާސް މަންސައެއްކަމަށްވާ "ޕެޗީ" އިން އޮންލައިންކޮށް ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން މުދަލަށް އަގު ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޕެޗީއަކީ ހެޔޮ އަގުގައި ރަނގަޅު ފެންވަރުގެ މުދާ ވިއްކުމަށް ޚާއްޞަ އޮންލައިން މަންސައެކެވެ. މި މަންސައިގައި ދަބަހާއި ފައިވާނާއި ބޫޓުގެ އިތުރުން އެކްސަސަރީތަކާއި ގެޖެޓުތައް އަދި ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް ވިއްކަން ހުރެއެވެ. އެ މަންސައިގައި ވިއްކާ ތަކެއްޗަކީ ފެންވަރުގެ ގޮތުން އަގަށްވުރެ އެތައް ގުނައެއް ރަނގަޅު އުފެއްދުންތަކެކެވެ.

އެ މަންސައިގެ ވެބްސައިޓުގައިވާ ގޮތުން ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ޑޮލަރުގެ ލިމިޓާމެދު ހާސްވުމެއް ނެތި ވިޔަފާރިކުރެވޭނެއެވެ. އަދި އޯޑަރުކުރާ މުދާ 10 ދުވަހާއި 15 ދުވަހާ ދޭތެރޭގެ މުއްދަތެއްގެ ތެރޭގައި ޑެލިވާކޮށްދޭނެކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ޕެޗީގެ ވެބްސައިޓުން ފެންނަ އަގުތަކަކީ ޑެލިވަރީ ފީވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ އަގުތަކެކެވެ. އެހެންކަމުން މުދަލުގެ ޖުމްލަ އަގުގެ ބޭރުން އިތުރު އެއްވެސް ފީއެއް އެ މަންސައިން ނުނަގާނެއެވެ.

ރާއްޖޭގައި މި މަންސައިގެ މުދާ ޑެލިވާކުރުމުގެ ޚިދުމަތް ފޯރުކޮށްދެނީ ލޮޖިސްޓިކްސް ދާއިރާގެ ދިވެހި ކުންފުނި "ރެޑް ބޮކްސް" މެދުވެރިކޮށެވެ. މިއީ އިތުބާރާއެކު އަވަހަށް މުދާ ވާސިލުކޮށްދިނުމަށް ރާއްޖޭގެ ކުރިއާ ޚިދުމަތްދޭ ކުންފުންޏަކާ ގުޅިގެން ފެށި ޚިދުމަތެއްކަމަށް ޕެޗީއިން ބުނެއެވެ.

ޑޮލަރުގެ މުއާމަލާތްތަކާ ނުލައި ދިވެހި ރުފިޔާއިން ވިޔަފާރިކުރެވޭނެ އިންތިޒާމު ޕެޗީއިން ހަމަޖައްސާފައިވާއިރު، ރާއްޖެއާއި ޗައިނާގެ މެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތައް ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.