މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ދޭ ހިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަަށް މިފްކޯގެ އައު ޕޯޓަލްއެއް އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙުކޮށްފައިވަނީ، އެ ކުންފުނީގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައެވެ. މި ޕޯޓަލް ހާއްސަކޮށްފައިވަނީ، އެ ކުންފުނީގެ ވިޔަފާރި ބައިވެރިންނާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން ސަޕުލަޔަރުންނަށެވެ.

ޕޯޓަލްއިން ލިބޭ ޚިދުމަތްތައް
- މަސްފިހާރަ ޕާޓްނަރުންގެ ގޮތުގައި ރަޖިސްޓްރީވުން
- މިފްކޯގެ ވަޒީފާތަކަށް ކުރިމަތިލުމާއި، ކެރިއަރ ފުރުޞަތުތައް ބަލައިލުން
- ޕްރޮކިއުމަންޓާއި ޓެންޑަރުތަކަށް ޚާއްޞަ ވެންޑަރުންނާއި ސަޕްލަޔަރުން ރަޖިސްޓްރީވުން

އިޝްތިހާރު އިޝްތިހާރު

އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ ކުންފުނިން ލިބޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ލުއިފަސޭހަ ގޮތެއް ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން ކުންފުނީގެ އެތެރޭގެ ހިންގުމާއި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ހިދުމަތްތައް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފްކޯއިން އަބަދުވެސް ތަފާތު އެކިކަހަލަ އީޖާދުތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.