'ވެށިފަހި މާލެ' ޕްރޮގްރާމުގެ ދަށުން 2011 ވަނަ އަހަރު ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.
"ވެށިފަހި މާލެ ޕްރޮގްރާމު''ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އެކުލަވާލައި 2021 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ. މި އުޞޫލުގެ ދަށުން ބިންތައް ގަންނަން ޝައުގުވެރިވާ، އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު އެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
Ministry of Infrastructure, Housing and Urban Dev.@MIHUDmvއިއުލާނު:
"ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުން ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން އެބިންތައް ގަންނަން …
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގެ ދަށުން ވިއްކުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތަފްސީލުތައް އާންމުކޮށްފައެވެ. މި އުސޫލުގެ ދަށުން ޖުމްލަ 48 ބިމެއް ވިއްކުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާފަންނުން 21 ބިމާއި، މައްޗަންގޯޅިން 10 ބިމާއި، ގަލޮޅުން 7 ބިމެކެވެ. އަދި ހެންވޭރުން 9 ބިމާއި، ވިލިމާލެއިން ބިމެއް ވިއްކާލުމަށް ހަމަޖެހިފައިވެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން 'ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއި ލިޔެކިޔުންތައް އަންނަ މަހުގެ 8ވަނަ ދުވަހުގެ މެންދުރުފަހު 2ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި އުސޫލުގެ ދަށުން ވިއްކާ ބިންތަކުގެ ޗާޓު އާދިއްތަ ދުވަހުން ފެށިގެން އެ ވުޒާރާގެ ވެބްސައިޓުން ފެންނާނެއެވެ. ބިން ވިއްކާ އަގަކީ، އަކަފޫޓަކަށް 2،000 ރުފިޔާއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.