ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ފަށައިފި

Amaan Dhoadhi hulhumale
އަމާން ދޯދި ފްލެޓްތަކެއް — ފޮޓޯ: ވޮއިސް
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް އުޅޭނަމަ އެކަން އެޕްލިކެންޓަށް އަންގާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް އެ މައުލޫމާތެއް ސާފުކޮށްދިނުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެ ވުޒާރާއިން މިހާރު ވަނީ ހާއްސަ ހެލްޕް ޑެސްކަކާއި ކޯލް ސެންޓަރެއްވެސް ގާއިމުކޮށްފައެވެ. އެގޮތުން ކޯލް ސެންޓަރުގެ ނަންބަރު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން މެންދުރުފަހު ތިނަކަށް ހިދުމަތް ދެމުންދާނެއެވެ.

HajjCop_ads
Advertisement

ސަރުކާރުން ހުޅުވާލި މި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޖުމްލަ ފަންސާސް އަށް ހާސް ފައްސަތޭކަ އަށްޑިހަ ފަސް ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ ތިރީސް ފަސް ހާސް ނުވަސަތޭކަ ތިރީސް ފޯމާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ ބާވީސް ހާސް ފައްސަތޭކަ ހަތްދިހަ ފަސް ފޯމެވެ.

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހުރިހާ ރައްޔިތުންނަށް މި ދައުރުގެ ތެރޭގައި ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. އަދި މި މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hulhumale

އަމިއްލަ ގެދޮރު އިމާރާތްކުރަން ދަތިވާ މީހުންނަށް ހާއްސަކޮށްގެން މާލީ އެހީ

laamu gamu

ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ޤަވާޢިދު ޢާންމުކޮށްފި

engineers

އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލަނީ