ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ގެދޮރު އިމާރާތްކުރަން ދަތިވާ މީހުންނަށް ހާއްސަކޮށްގެން މާލީ އެހީ

Hulhumale
Maldivian_Ads
TTH_Ads
STO_Ads
Advertisement

އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި ފުލެޓް ގަތުމަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސަން ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ރޭ ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒީމް މުހައްމަދު ވިދާޅުވީ، ބޭންކުތަކުން ގެދޮރުވެރިކަމުގެ ލޯނު ނެގުމުގައި ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީއަށް ބޭނުންވާ ފައިސާ ދެއްކުން ކަމަށެވެ. އެހެންކަމުން، އެ ދަތިކަން ހައްލުކޮށް ދިނުމަށް ބޭންކުތަކާ ގުޅިގެން ދެ ފައިނޭންސިން ޕްރޮގްރާމެއް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

“ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދެނީ. ދެ ލައްކަ ރުފިޔާ އިކުއިޓީގެ ގޮތުގައި ދީގެން އެއް މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއީ،” ނާޒިމް

HajjCop_ads
Advertisement

އޭނާ ވިދާޅުވީ ހަތަރު ބޭންކަކާ ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ އެއްބަސްވުންތަކުގައި ސޮއިކޮށް، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާންމުކޮށް ކުރިމަތިލުމަށް ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ތައާރަފު ކުރި “ހިޔާވެހި ފައިނޭންސިން ސްކީމް” އަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އެ ސްކީމުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އެ އެހީތެރިކަމުގެ އިތުރުން، ސޯޝަލް ހައުސިންގެ ބޭރުން އަތްފޯރާ އަގުގައި ގެދޮރު ގަތުމަށް މަގުފަހިކޮށްދޭ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ދަށުންވެސް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan Dhoadhi hulhumale

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ފަށައިފި

laamu gamu

ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ޤަވާޢިދު ޢާންމުކޮށްފި

engineers

އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލަނީ