އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އިޙްތިރާމް މަޝްރޫޢު ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިއަދު ސްޓެލްކޯގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި، މި މަޝްރޫޢު ރާވާ ހިންގާ ކޮމިޓީގެ ބޭފުޅުން ވަނީ މަސައްކަތުގެ ތަފްޞީލް ޙިއްޞާކުރައްވާފައެވެ. އަދި އެ ކުންފުންޏާ އެކު ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރައްވާފައިވެ އެވެ.

މި މަޝްރޫއުއަކީ ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

އިޝްތިހާރު އިޝްތިހާރު

މިމަޝްރޫއުގެ ޝިޢާރަކީ "އިހުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.