ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޙްތިރާމް އަދާކުރުމުގެ މަޝްރޫޢަށް ހޮވުނު ލޯގޯތަކަށް ވޯޓުދިނުމަށް ހުޅުވާލައިފި

Main 20261017
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ހޮވިފައިވާ 10 ލޯގޯއަށް “ޕީއެސްއެމް އެއަރ އެޕް” މެދުވެރިކޮށް ވޯޓުދިނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނީ ވޯޓު ދިނުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ 12:00 ކަމަށެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު”ގެ ލޯގޯ ފަރުމާކުރަން ހުޅުވާލުމާ އަދި މީޑިއާތަކާ އެކު ވެވޭ އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

HajjCop_ads
Advertisement

އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހުރި ރިވެތި އަޚްލާޤާއި އިޙުތިރާމްކުރުމުގެ ރިވެތި އާދަތައް މުޖުތަމަޢުގައި އަލުން އިޔާދަކޮށް ދިރުވުމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފެެއްޓެވި މުހިންމު ޤައުމީ މަސައްކަތެކެވެ.

މި މަޝްރޫޢު ފެށުމުގެ ގޮތުންނާއި މިކަމަށް އަހުލުވެރިކުރުމަށްޓަކައި އަހަރަކު އެއް ފަހަރު ޤައުމީ ފެންވަރުގައި “ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް” ގެ ނަމުގައި ޚާއްޞަ ދުވަހެއް ފާހަގަކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި މި ދުވަހަކީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރާ ދުވަސްކަމުގައިވެސް ވަނީ ހަމަޖައްސާފައެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި 5 އަހަރު ދުވަހުގެ މަޝްރޫޢަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ޝިޢާރަކީ “އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ” އެވެ. މި ޝިޢާރުގެ ދަށުން މުޖުތަމަޢުގެ އެކި ފަންތިތަކުގެ މެދުގައި އިޙުތިރާމްކުރުމުގެ ރޫޙު އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫޢު ވިލަރެސްކޮށް ހިންގުމަށްޓަކައި، މި ފަންނުގެ ތަޖުރިބާ ލިބިފައިވާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގައި ކަމާބެހޭ ވުޒާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ ހިމަނައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު: މީޑިއާ ޕާޓްނަރުންގެ ގޮތުގައި ބައެއް މީޑިއާތަކާއެކު ސޮއިކޮށްފި