ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މަހު 12 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޒިމާ އަލީއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އޮފް އެޑިޔުކޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދުއާއި ހދ. އަތޮޅު ޕޮލިހުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ކޯހުގައި، ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލް، ސެލްފު ޑިފެންސް، ފުރަތަމަ އެހީ، ގާނޫނު، މުއާމަލާތްކުރުމުގެ ހުނަރު، މަސައްކަތުގެ އަހުލާގު އަދި ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި މުހިންމު ދާއިރާތަކުން ތަމްރީނު ދީފައިވެއެވެ. މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އިލްމާއި އަހުލާގީ އަދި އަމަލީ ހުނަރުތައް ތަރައްގީކުރުމާއި، ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން މިދިޔަ ސެޕްޓެމްބަރު މަހުގެ 15 އިން ހަތަރު ހަފުތާއަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ސްޕެޝަލް ކޮންސްޓަބުލަރީ 18 ފުލުހުން ފުރިހަމަކޮށްފައިވެއެވެ.











ކިޔުންތެރިންގެ ހިޔާލު