ސިނަމާލެ ބްރިޖު ހައިވޭގައި މާލޭން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހި އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:29 ހާއިރު އެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލުން ނެއްޓި، ހައިވޭގައި ޑިއުޓީ ކުރަން ހުރި ފުލުހެއްގެ ގައިގައި ޖެހުމުގެ ސަބަބުން އެ ފުލުސް މީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގައި ޑިއުޓީގައި އެވަގުތު ތިބި އެހެން ފުލުހުން ވަނީ އެ ސައިކަލު ހުއްޓުވާފައެވެ.

އަނިޔާވި ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ އިރު، އޭނާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ.











ކިޔުންތެރިންގެ ހިޔާލު