ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިން މީހުންނާއެކު ސައިކަލް ދުއްވި ސައިފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

WhatsApp Image 2026 10 14 at 10.58.34
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް އެކްސިޑެންޓްވި މައްސަލައިގައި ލ. މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް (27 އަހަރު) ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މަހުގެ 7 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ސައިފް ހައްޔަރުކުރީ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ދޫކޮށްލުމުން މި މަހުގެ 12 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

HajjCop_ads
Advertisement

މުހައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީއާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް ވެންޓިލޭޓަރުގެ އެހީގައި އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ގަލޮޅު އެޕާޓްމަންޓަކުން ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

2 Suspects 4 9f75a856a0

ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

police

ގއ. ވިލިނގިލި ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 11 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި