ލޯންޗަކާ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 16:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އަނިޔާ ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި އެކްސިޑެންޓާ ގުޅިގެން ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.










ކިޔުންތެރިންގެ ހިޔާލު